Last Updated: December 29, 22:22
Sunday, December 29, 2024
ޚަބަރު

ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދު އިތުރުކޮށްފި

މާލޭގެ މަގެއް މަތިން ސައިކަލެއްގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް، 30 އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 7 ދުވަހެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. ރަން ފަށް ފޭރުނު ނަމަވެސް އޭނާގެ އަތުގައި އެ ފަށް ނެތް ކަމަށާއި ގެއްލުން ލިބުނު ފަރާތަށް ބަދަލުދޭން ތައްޔާރަށް ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެވެ. އޭނާ އަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު ވެސް އޮތް މީހެކެވެ.