Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ވެމްކޯ އިން އައްޑު އަށް ވެށިފާރަވެރިން ހޯދަނީ

ވެމްކޯ އިން އައްޑު އަށް ގިނަ އަދަދެއްގެ ވެށިފާރަވެރިން ހޯދަން އިއުލާންކޮށްފި އެވެ.

ވެށިފާވެރިންނަކީ ވެމްކޯގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފުންނެވެ.

އެ ކުންފުނިން ބުނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަން 17 ވެށިފާރަވެރިން ބޭނުންވާ ކަމަށެވެ. އެހެންވެ އެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ.

ވަޒީފާ އަަށް އެދޭ ފޯމް ވެމްކޯގެ ވެބްސައިޓުންނާއި ހިތަދޫގައި ހުންނަ ސައުތު ރީޖަން އޮފީހުން ވެސް ލިބޭނެ އެވެ. ވެމްކޯ އިން ބުނީ ވަޒީފާތަކަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުމާއި އިމްތިޙާނު ކުރުން އަންނަ މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3000581 ނަމްބަރުން ހޯދޭނެ އެވެ.

ވެށިފާވެރިންގެ އަސާސީ މުސާރަ އަކީ މަހަކު 9،000ރ. އެވެ.