އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ އަނިޔާވެރި ޔަހޫދީ ދައުލަތުގެ ވެރިޔާ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން އަންނަ އިރު، މިހާރު ސާޖަރީއެއް ވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން ޕްރޮސްޓޭޓް ނެގުމަށް އިއްޔެ ގުދުސްގެ ހަދަސާ މެޑިސަލް ސެންޓަރުގައި ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް ވެސް ބުނެފައިވެ އެވެ.
ނަތަންޔޫހާ، 75، އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފެށި އިރު، މި ފަހުން އޭނަ އަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. ނަމަވެސް އިޒްރޭލުގެ ސަރުކާރުން މިހާތަނަށް ނަތަންޔާހޫގެ ސިއްހީ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނަ މި ވަގުތު ހޮސްޕިޓަލްގައި އޮންނަން ޖެހުމާ ގުޅިގެން ބޮޑުވަޒީރުގެ ޒިންމާތައް ވަގުތީ ގޮތުން ޖަސްޓިސް މިނިސްޓަރު ޔަރީވް ލެވިންއާ ހަވާލުކޮށްފައިވާ ކަމަށެވެ.