Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އައްޑޫގެ މިސްކިތްތައް އާބާތުރަ ފިލުވަން ހުޅުވާލައިފި

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އައްޑޫގެ މިސްކިތްތަކުގެ އާބާތުރަ ފިލުވަން ކުރާ މަސައްކަތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ކައުންސިލުން ހުޅުވާލައިފި އެވެ.

ހުރިހާ އަވަށްތަކުން ވެސް މިކަން އާންމުކޮށް އިއުލާންކޮށް ބުނީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނާތީއެ މަސައްކަތްތައް ކުރިއަށް ދާއިރު މިސްކިތްތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތާއި މަރާމާތުތަކަށް ބޭނުންވާ ތަކެތި ހަދިޔާ ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި އޮތް ކަމަށެވެ.

އެހެންވެ ދަރުމައަށް މިސްކިތްތައް މަރާމާތު ކުރުމާއި މިސްކިތްތަކަށް ތަކެތި ހަދިޔާ ކުރައްވަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 30 ގެ މެންދުރު ފަހު 2:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީސްތަކަށް އަންގައި ދޭން އެދިފައިވެ އެވެ.

އައްޑޫގައި 70 އެއްހާ މިސްކިތް ހުރި އިރު، ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ. އަދި ވަރަށް ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ވަރަށް ރަނގަޅަށް ބަލަހައްޓާ މިސްކިތްތަކެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އައްޑޫގެ މިސްކިތްތައް މަރާމާތުކޮށް، އާބާތުރަފިލުވަ އެވެ.