ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނަށް އަންނަ މަހު ގެންނަ ފުރަތަމަ ވައިޑް ބޮޑީ ބޯޓް ދައްކައިލަން އެއާޝޯއެއް ބާއްވަން ނިންމައިފި އެވެ.
އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ ކުންފުންޏަށް ގެންނަ ފުރަތަމަ ބައިޑް ބޮޑީ ބޯޓް އޭ330 ދައްކައިލަން އެއާ ޝޯ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ގައި ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާލޭގެ އުސްފަސްގަނޑު ސަރަޙައްދާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ސަރަޙައްދުގަ އެވެ.ކުރިއަށްދާނެކަމަށް މޯލްޑިވިއަންއިން ވިދާޅުވެެއެވެ. އެއާ ޝޯ ކުރިއަށް ގެންދާނީ ޖެނުއަރީ 6 ވަނަ ދުވަހުގެ ހަވީރު 05:00-05:30 އަށެވެ.
މޯލްޑިވިއަނަށް ގެންނަ ފުރަތަމަ ވައިޑް ބޮޑީ ބޯޓާ އެކީ ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތައް ފުޅާކުރާނެ އެވެ. އެގޮތުން އެންމެ ފުރަތަމަ އެ ބޯޓްގެ ދަތުރުތައްފެށުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ތިން ސިޓީއަކަށެވެ. އެ ގައުމަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ ގައުމެވެ.
ވައިޑް ބޮޑީ ބޯޓްގައި ޔޫރަޕަށް ވެސް ދަތުރުތައް ކުރަން ޕްލޭންކޮށްފައިވެ އެވެ.