Last Updated: February 5, 11:29
Wednesday, February 5, 2025
ޚަބަރު

މިއީ ރައްޔިތުން ބާރުވެރި ކުރެވުނު އަހަރެއް

މިއީ އިސްލާހީ ބަދަލުތަކެއް ގެނެވި، ރައްޔިތުން ބާރުވެރި ވެސް ކުރެވުނު އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ސައުވީސް ނިންމާލައި މާދަމާ 2025 އާ ކުރިމަތިލާތީ އެކަމާ ގުޅުވައި ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި އަހަރަކީ ރައްޔިތުން ބާރުވެރިކުރެވި ގައުމުގެ އިސްތިގުލާލު ވެސް ރައްކާތެރިކޮށް ދެވުނު އަހަރެއް ކަމަށެވެ. އެގޮތުން ކަންކަން ނިންމުމުގެ ބާރު މިހާރު ރައްޔިތުންގެ އަތްމަތީގައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ތެރޭގައި ވަނީ އިސްލާހީ މުހިއްމު ފިޔަވަޅުތަކެއް އެޅިފަ އެވެ. އޭގެ ތެރޭގައި ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި މިހާރު ނެތުމާއި ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރެވުމާއި ރައްޔިތުންގެ ބާރު މިހާރު ބޮޑުވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުނީ މިދިޔަ މަހުގެ 17 ގަ އެވެ.