މޯލްޑިވިސް ޕޮލިޓެކްނިކުން އަންނަ މަހު "ސެޓްފިކެޓް 3 އިން ޖުވެލްރީ ޑިޒައިން އެންޑް މޭކިންކް" ކޯހެއް ހިންގަން ނިންމަން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފި އެވެ.
ގަހަނާ ހެދުމާއި ޑިޒައިންކުރުމުގެ މި ތަމްރީނު ޕްރޮގްރާމަކީ މުޅިން ހިލޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. ކޯހަށް އެޕްލައި ކުރާ މީހުހުން ޝަރުތުތަކުގެ ތެރޭގައި، އަސާސީ ތަޢުލީމު ފުރިހަމަ ކޮއްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 2 ގެ ފެންވަރު ހާޞިލުކޮއްފައިވުން ނުވަތަ 18 އަހަރު ފުރިފައިވާ، ލިޔަންކިޔަން ދަންނަ މީހަކަށްވުން ހިމެނެއެވެ.
ކޯހަށް އެޕްލައި ކުރުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 5 އެވެ.
މި ލިންކުން forms.gle/GzDVKEydPTzT7vWQ6 އެޕްލައި ކުރެވޭނެ އެވެ.