ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަދި މިހާރު އެ ރިސޯޓުގެ ވޯޓާ ވިލާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު އަދި ނުލިބެ އެވެ. އަދި ލިބުނު ގެއްލުމުގެ ތަފްސީލު ވެސް އަދި ނުލިބެ އެވެ.