އަނބިކަނބަލުން ވެސް "ވަގަށް" ވެރިކަން ޕީއެންސީ އަށް ވައްދާފައިވާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ސެނެޓް މެންބަރު މުހައްމަދު މަލީޖު ޖަމާލު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އަނބިކަނބަލުން އެ ޕާޓީ އަށް ވައްދާފައި ވަނީ ސޮޔާއި އިނގިލީގެ ނިޝން ފޯޖްކޮށްގެން ކަމަށެވެ.
"އަޅުގަނޑުގެ އަންހެނުން ވެސް މިއޮތީ ގަރުދިޔަ ޕާޓީ އަށް ވައްދާފައި. އިނގިލީގެ ނިޝާނާއި ސޮއި ފޯޖްކުރުމަކީ ޤާނޫނީ ކުށެއް،" މަލީހު ވިދާޅުވި އެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒު މިކުރާ ވައްކަންތައް ބަލާނެ ފަރާތެއް ނެތީ ތޯ؟ އެހެންތާ ވާނީ ހޯމް މިނިސްޓަރު އިހުސާނުގެ ބެލުމުގެ ދަށުން މިކަންދާކަން ހެކިކޮށްދޭ ފޮޓޯ ދައުރު އެބަވޭ."
އަޅުގަނޑުގެ އަންހެނުންވެސް މިއޮތީ ގަރުދިޔަ ޕާޓީއަށް ވައްދާފަ. އިނގިލީގެ ނިޝާނާއި ސޮއެ ފޯޖްކުރުމަކީ ޤާނޫނީ ކުށެއް. މުއިއްޒު މިކުރާ ވައްކަންތައް ބަލާނެ ފަރާތެއް ނެތީ ތޯ? އެހެންތާވާނީ ހޯމް މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން މިކަންދާކަން ހެކިކޮށްދޭ ފޮޓޯ ދައުރު އެބަވޭ. pic.twitter.com/0Ve3zfcWTG
— Mohamed Maleeh Jamal (@maleehjamal) December 31, 2024
ޕީއެންސީ އަށް ވަގަށް މީހުން ވައްދާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ މި ހަފުތާގެ ތެރޭގައި އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން އެ ޕާޓީ އަށް ނިސްބަތްވާ މަނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަނަދޫ ދާއިރާ ރައީސް މުހައްމަދު ތޯރިގްގެ ނަމުގައި ޕީއެންސީއަށް ފޯމް ހުށަހަޅާފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެ އެވެ.
އެހެން ޕާޓީތަކުގެ މެންބަރުން ވަގަށް ޕީއެންސީ އަށް ވައްދާކަމުގެ ތުހުމަތު ކުރެވިފައިވާ އިރު، ސަރުކާރު ހިންގާ ޕާޓީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ މެންބަރުންގެ އަދަދު 100،000 އެރުވުމެވެ. އެހެންވެ ގިނަ އަދަދެއްގެ ފޯމްތަކެއް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވެ އެވެ.