Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އަހަރުގެ ފުރަތަމަ ޓޫރިސްޓަކީ ސްޕެއިންގެ މީހެއް

އާ އަހަރާ އެކު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓްގެ މަގާމު ސްޕެއިންގެ މީހަކަށް ލިބިއްޖެ އެވެ.

މީގެ ކުރިން ވެސް 11 ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އެ މީހާ އަކީ ގާޝިއޯ ރޯމިއު ރޮޑްރިގުއޭޒް ލުއިސް އެވެ. އޭނަ މިއަދު ފަތިހު ރާއްޖެ އައީ އާއިލާގެ އިތުރު ދެ މީހަކާ އެކީގަ އެވެ. އެ އާއިލާ އައި ފަތިހު 5:05 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި އިއްތިހާދު އެއާވޭސްގެ ފްލައިޓުންނެވެ.

ލުއިސް އާއި އޭނަގެ އާއިލާ އަށް އެއާޕޯޓުން މަރުހަބާ ވެސް ކިޔެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 2 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު، މި އަހަރުގެ ޓާގެޓަކީ 2.2 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރަށް ވުރެ މި އަހަރު އަންނަ ޓޫރިސްޓުންގެ އަަދަދު 15 ޕަސެންޓް އިތުރުވެ، ޓޫރިޒަމްގެ އާމްދަނީ ވެސް ފަސް ބިލިއަން ޑޮލަރަށް އަރާނެ އެވެ.