ސަރަހައްދީ ސިޓީތަކާއި ރަށްރަށުން ނެގޭ ގޭޓުފީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުޑަކޮށްފި އެވެ.
ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ރާއްޖޭގެ ސަރަޙައްދީ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ގޭޓުފީއަށް މިއަދުން ފެށިގެން މުހިއްމު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
މިގޮތުން، އަމިއްލަ ފަރާތްތަކުން ގޭޓުފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގު ކުނި އުފުލާ އުޅަނދުގެ ރަޖިސްޓަރީކުރެވިފައިވާ ބަރުދަނަށް ބަލައި، ޓަނަކަށް 212 ރުފިޔާއިން ޓަނަކަށް 106 ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށް ވެމްކޯ އިން އިން ބުނެ އެވެ.
ވެމްކޯ އިން މީގެކުރިން ވަނީ މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ގޭޓްފީ 500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.