ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އަލުން އިންސްޓަގްރާމް ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.
އާ އަހަރާ ދިމާކޮށް އެ ކަމަނާ ވަނީ އާ އެކައުންޓްގައި ވީޑިއޯއެއް ވެސް ޕޯސްޓް ކުރައްވައިފަ އެވެ. "މޭގަން" ފޮލޯވަރުންގެ އަދަދު މިހާރު 615،000 އަށް އަރަ އެވެ.
މޭގަން އަމިއްލަފުޅަށް އިންސްޓަގްރާމް އެކައުންޓެއް ގެންގުޅުއްވުން ހުއްޓަވާލެއްވީ 2020 ގަ އެވެ.
ނަމަވެސް ޝާހީ އާއިލާގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމަކަށް ފަހު ހެރީ އާއި މޭގަން ޝާހީ ޒިންމާތައް 2020 ގައި ދޫކޮށްލައްވައި އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރެއްވި ފަހުން އާޗްވެލްގެ ނަމުގައި އިންސްޓަރާމް އެކައުންޓެއް ދެކަނބަލުން ގެންގުޅުއްވި އެވެ.
ޕްރިންސް ހެރީއާ 2018 ގައި ކައިވެނި ބައްލަވައި ގަތުމުގެ ކުރިން މޭގަން އަކީ ހޮލީވުޑްގެ ބަތަލާއެކެވެ. ބަތަލާއެއްގެ ގޮތުގައި އެ ކަމަނާގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ 2011-2019 އަށް ޔޫއެސް ނެޓްވޯކުން ގެނެސްދިން ސިލްސިލާ "ސޫޓްސް" އެެވެ. މޭގަން އާއި ހެރީ އަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
ޕްރިންސް އަކީ ހެރީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޕްރިންސް ޗާލްސް އާއި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަގު ދަރިކަލުންނެވެ.