ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯ އިން ބުނީ މަސްވެރިންނަށް އިއްޔެ 4،799،791 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިއަދު 3،897،859 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ފެށުނު ފަހުން މިވީ ދެ ދުވަސް ތެރޭގައި މަސްވެރިންނަށް 8,697,650 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ.
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1.18 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ. މިހާރު މަސްވެރިންނަށް ނުދައްކާ ހުރީ 4،639،925 ރުފިޔާ ކަމަށްވެސް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.