ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ ފަތިހު 4:45 އިން ފެށިގެން ހެނދުނު 8:00 އާ ދެމެދުގައި ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
Swell wave surges expected. pic.twitter.com/aEosbLpbs0
— Maldives Meteorology (@MetMaldives) January 2, 2025
މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.