Last Updated: April 2, 22:48
Wednesday, April 2, 2025
ދުނިޔެ

މެޓަގެ އިސްވެރިޔަކު ކުންފުނި ދޫކޮށްލައިފި

ފޭސްބުކާއި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ހިންގަމުން އަންނަ މެޓަގެ އިސް ވެރިޔަކު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އެ ކުންފުނީގައި 7 އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށް އިސްތިއުފާ ދެއްވަން ނިންމެވިކަން ރޭ ފޭސްބުކް ޕޯސްޓެއްގައި އިއުލާން ކުރެއްވީ މެޓަގަ ގްލޯބަލް އެފެއާޒް ޕްރެޒިންޓެވެ. އިނގިރޭސިވިލާތަށް އުފަން 57 އަހަރުގެ ނިކް އަކީ ކުރިން އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެއީ 2010-2015 އަށެވެ.

މެޓަ އިން އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރައްވައި ނިކް ވދާޅުވީ މިއީ އޭނަ ކުންފުނިން ދޫކޮށްލަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކުންފުނީގައި މިހާތަނަށް ކުރެވުނު މަސަައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ނިކް ފާހަގަކުރެއްވި ގޮތުގައި އޭނަ 2018 ގައި މެޓައާ ގުޅިވަޑައިގެގެން 7 އަހަރު ފަހުން ކުންފުނި ދޫކޮށް ވަޑައިގަންނަވާ އިރު، މެޓަ އަށް ވަނީ އިސްލާހީ ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ވެސް އައިސްފަ އެވެ. އަދި އެ ކުންފުނީގެ ހިދުމަތް ކުރައްވަން ލިބިވަޑައުތުމަމކީ ވަރަށް ބޮޑު އިދަލެއް ކަމަށާއި އެކަމަށް ޝުކުރު ވެސް އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.

މެޓަގެ ވެރިޔަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މަހުޖަނު މާކް ޒަކަބާގެވެ.

ނިކް މެޓަގެ ގްލޯބަލް އެފެއާޒްގެ ޕްރެޒިޑެންޓްގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެން އެ މަގާމަށް އައްޔަން ކުރަން މިހާރު ނިންމާފައ ވަނީ އެމެރިކާގެ ވެރިކަމާ އަލުން ހަވާލުވާ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ޖޯ ކަޕްލަން އެވެ. އޭނަ އަކީ ކުރީގެ ރައީސް ޖޯޑް ޑަބްލިއު ބުޝްގެ ވެރިކަމުގައި ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.