Last Updated: February 5, 09:00
Wednesday, February 5, 2025
ދުނިޔެ

މިސްޓަބީސްޓް އެންގޭޖްވެއްޖެ

އެމެރިކާގެ މަޝްހޫރު ޔޫޓިއުބާ މިސްޓަބީސްޓް އެންގޭޖްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އޭނަ ރައްޓެވިގެން އުޅޭތާ ގިނަ ދުވަސްތަކެއްވީ ލޯބިވެރިޔާ ތިއޭ ބޫއިސެންއާ އެންގޭޖްވީ އާ އަހަރު ފެށުމާ ދިމާކޮށް ކަމަށެވެ. ތިއާ އަށް މިސްޓަބީސްޓް ޕްރޮޕޯޒްކުރީ ކްރިސްމަސް ޕާޓީގެ ތެރޭގަ އެވެ.

އެންގޭމަންޓްގެ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި މިސްޓަބީސްޓް ޕޯސްޓްކޮށްފައިވެ އެވެ.

އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަން، 26، އަކީ ޔޫޓިއުބް ކްރިއޭޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ. އެމެރިކާގެ ކެންސަސް އަށް އުފަން މިސްޓަބީސްޓްގެ މިލްކިއްޔާތު 700 މިލިއަން ޑޮލަރަށް އަރަ އެވެ.

އޭނަ އަކީ އަމިއްލަ ހަރަދުގައި ވަރަށް ގިނަ ބަޔަކަށް އެކި ގޮތްގޮތުން އެހީ ވެސް ވަމުން އަންނަ މީހެކެވެ. އެގޮތުން "ގިފްޓް އޮފް ސައިޓް" ގެ ނަމުގައި ހިންގި ޕްރޮގްރާމެއްގައި ލޯފަން 1،000 މީގެ އޮޕަރޭޝަން އަމިއްލަ ހަރަދުގައި ކޮށް ދީފައިވާ އިރު، ފައި ބުރިކޮށްފައިވާ 2،000 މީހަކަށް މިސްޓަބީސްޓް ޕްރޮސްތެޓިކް ފައި ވެސް ޖަހައި ދީފައިވެ އެވެ.