ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އެއްކޮށް ރަނގަޅުވާން ފަށާނީ އަންނަ ހޯމަ ހިސާބުގައި ކަމަށް މޫސުމާ ބެހޭ އުދާރާ އިން މިއަދު ބުނެފި އެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރާގައި މިއަދު ވެސް މެދުރާއްޖެ ތެރެއަށާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވޭނެ ކަމަށް ލަފާކުރި ނަމަވެސް ކުރިއަށް އޮތް ދެ ދުވަސް ތެރޭ މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށް މެޓުން ބުންޏެވެ. އިއްޔެ ވެހުނު ވާރޭގައި އުތުރާއި މެދުރާއްޖެ ތެރޭގެ ގިނަ ރަށްރަށުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައްވެފައިވެ އެވެ.
މެޓުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މޫސުން މަޑުމަޑުން ރަނގަޅު ވާން ފަށާނެ ކަމަށާއި އެހާތަނަށް ކަނޑުތައް ވެސް މަޑުވާން ފަށާނެ ކަމަށެވެ.
While weather & sea conditions are expected to improve gradually over the next 48 hrs, rainfall is still expected in north-central Maldives today.
Weather forecast valid from 6 am – 6 pm 👇
For daily 12 hourly weather forecasts, alerts, and other information, follow us on our… pic.twitter.com/LVQHqKdRlI
— Maldives Meteorology (@MetMaldives) January 4, 2025
އެ އިދާރާ އިން ލަފާކުރާ ގޮތުގައި މިއަދުގެ ހަވީރު 6:00 އާ ހަމައަށް އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ އެވެ. އެގޮތުން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅުވާނެ އެވެ.
ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާ އިރު ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ރާޅުގެ އުސްމިން 6-4 ފޫޓަށް ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.