Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އެމް-ފައިސާ ބޭނުންކޮށްގެން މެޓަ ކުއެސްޓް 3 ހޯދުމުގެ ފުރުސަތު

ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ ބޭނުންކޮށްގެން، މެޓަ ކުއެސްޓް 3 ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނީ، މި ޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުން ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މެޓަ ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޔުޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް މި މަހާއި އަންނަ މަހު 1،500 ރުފިޔާ އާއި އެއަށްވުރެ މަތިން އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތް ކުރާ ކަސްޓަމަރުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އެވެ.

ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ އެވެ.

އުރީދޫން ބުނީ އުރީދޫ އެޕް ޑައުންލޯޑް ކުރުމަށް ފަހު http://ore.do/mf އިން އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަނަށް ފިތާލުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލުތައް ފުރިހަމަކުރުމުން ފޯނަށް ލިބޭ އޯޓީޕީ ޖެހުމުން ހަތަރު ޑިޖިޓްގެ ޕިން އެއް ސެޓް ކުރެވޭނެ ކަމަށެވެ. އެއަށްފަހު މޮބައިލް ނަމްބަރާއި ހަތަރު ޑިޖިޓްގެ ޕިން ޖަހަންޖެހޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.