Last Updated: February 5, 20:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

'ދޭވާ' ގެ ޓީޒާގެ ހައިލައިޓަކީ ޝާހިދުގެ ނެށުން!

ޝާހިދު ކަޕޫރް ފުލުހެއްގެ ރޯލު ކުޅެފައިވާ އެކްޝަން ތުރިލާ "ދޭވާ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި ޓީޒާގެ ހައިލައިޓަކީ ޝާހިދުގެ ވަރުގަދަ ނެށުންތަކެއް ފެނިގެން ދިއުމެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދޭވާ" އަކީ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ ރޯއި ފިލްމްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ މަލަޔާޅަމް ރޯޝަން އެންޑްރޫސް އެވެ.

މި މަހުގެ 31 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ "ދޭވާ" ގެ ބަތަލާ އަކީ ޝާހިދާ އެކީ އަލަށް ފިލްމަކުން ފެންނާނެ ޕޫޖާ ހެގްޅޭ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ކުބްރާ ސައިތު، ޕަވައިލް ގްލާޓީ އަދި ޕްރަވޭޝް ރާނާ ހިމެނެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މާ އޭސާ އުލްޖާ ޖިއާ" އެވެ. އޭނަ މިހާރު އަންނަނީ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.