Last Updated: February 5, 20:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

ޑައިރެކްޓަރު ބައީނާ މަރުވެއްޖެ

"ލައިފް އާފްޓަ ބެތު" އާއި "ދަ ލިޓްލް އަވާސް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ހޮލީވުޑްގެ ޑައިރެކްޓަރު ޖެފް ބައީނާ މަރުވެއްޖެ އެވެ.

ކުއްލި ގޮތަކަށް އޭނަ މަރުވީ ހުކުރު ދުވަހު ލޮސް އެންޖެލިސްގެ ގޭގަ އެވެ. ބަތަލާ/ކޮމީޑިއަން އޯބްރީ ޕްލާޒާގެ ފިރިމީހާ މަރުވި އިރު، އުމުރަކީ 47، އެވެ. ބައީނާ އާއި އައުބްރޭ ކައިވެނިކުރީ 2021 ގަ އެވެ.

ޑައިރެކްޓަރެއްގެ އިތުރުން މަޔާމީ އުފަން ބައީނާ އަކީ ސްކްރީން ރައިޓަރެއް ވެސް މެ އެވެ. އޭނަ ޑައިރެކްޓްކުރި ހުރިހާ ފިލްމުުތަކެއް ވެސް ލިޔުނީ އަމިއްލައަށެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ 2022 ގެ ޑާކް ކޮމެޑީ "ސްޕިން މީ ރައުންޑް" އެވެ. ބައޭނާ ލިޔެ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ހޯސް ގާލް (2020) އާއި ޖޯޝީ (2016) ހިމެނެ އެވެ.

އޭނަ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ޑައިރެކްޓަރު ޑޭވިޑް އޮ ރަސަލް 2004 ގައި ގެނެސްދިން ޑާކް ކޮމެޑީ "އައި ހާޓް ޑަކަބީސް" ގެ ސްކްރީންޕްލޭއިންނެވެ.