މޫސުން ގޯސްވުމާ ގުޅިގެން ރ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިރޭ 19:15 އިން މިރޭ 23:00 ގެ ނިޔަލަށް ކަމަށެވެ.
އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރައި ބައެއް ގެއްލުންތަކެއް ވެސް ލިބިފައިވެ އެވެ.