Last Updated: February 5, 20:03
Wednesday, February 5, 2025
ދުނިޔެ

ކަންނެެއްޔެއް 1.3 މިލިއަނަށް ވިއްކާލައިފި

ޖަޕާނުގައި ކަންނެލި މަހެއް 207 މިލިއަން ޔެން (1.3 މިލިއަން ޑޮލަރު) އަށް ވިއްކާލައިފި އެވެ.

އެ މަސް ވިއްކައިލީ ޖަޕާންގެ ޓޯކިއޯގައި ކޮންމެ އަހަރެއްގެ ވެސް ބާއްވަމުން އަންނަ އަހަރީ 'ޓިއޯސޫ ފިޝް މާކެޓް" ގަ އެވެ. ބަރުދަނުފައި 276 ކިލޯހުރި ކަންނެލި 1.3 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލި އިރު، މިއީ އަހަރީ ފިޝް މާކެޓްގައި މަހަކަށް އެހާ ބޮޑު އަގެއް ލިބުނު ދެވަނަ ފަހަރެވެ.

އެ މަސް ގަތީ ޓޯކިއޯގައި ސުޝީ ރެސްޓޯރަންޓް ހިންގަމުން އަންނަ އޮނޯޑެރާ ގްރޫޕުންނެވެ.

ކުރިންް އެންމެ ބޮޑު އަގަކަށް ޖަޕާނުގައި ވިއްކައިލި ކަންނެއްޔަކީ 2019 ގައި 333.6 މިލިއަން ޔެން (2.11 މިލިއަން ޑޮލަރު) އަށް ވިއްކައިލި މަހެވެ. އޭގެ ބަރުދަނުގައި 278 ކިލޯހުއްޓެވެ.