Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

މިދިޔަ އަހަރު އަލަށް 1،598 އެނދު އިތުރުވި

ފުވައްމުލަކުގެ "އޯޝަން ޕާލް" ގެސްޓްހައުސްގެ ކޮޓަރިއެއް.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އަލަށް 1،598 އެނދު އިތުރުވި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ އަދަދާ އެކު މިދިޔަ އަހަރު ނިމުމު އިރު ރާއްޖޭގެ ބެޑް ކެޕޭސިޓީ އަކީ 63،248 އެވެ. އޭގެ ކުރި އަހަރަށް ބަލާ އިރު ބެޑް ކެޕޭސިޓީއަކީ 61،650 އެވެ.

ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުވަމުން ގެސްޓްހައުސްތައް އިތުރުވަމުން އަންނާތީ އެތަންތަނުގެ އެނދުތައް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ދެހާސް ތޭވީހުގައި ގެސްޓްހައުސްތަކުން ޖުމްލަ ބެޑް ކެޕޭސިޓީ އަކީ 13،657 ގައެވެ. މިދިޔަ އަހަރު ނިމުނު އިރު އެ އަދަދު ވަނީ 15،621 އަށް އަރައިފަ އެވެ.

ބެޑްކެޕޭސިޓީ ބެހިފައިވާ ގޮތް:

* 172 ރިސޯޓަކުން 42،547 އެނދު
* 929 ގެސްޓުހައުސްއަކުން 15،621 އެނދު
* 155 ސަފާރީއަކުން 3،052 އެނދު
* 15 ހޮޓަލުން 2،028 އެނދު

މި އަހަރަކީ ވެސް ގިނަ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ހޮޓާތަކެއް ހުޅުވާނެ އަހަރަކަށް ވާނެ އެވެެ.

ރާއްޖެ އަށް މިދިޔަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މި އަހަރުގެ ޓާގެޓަކީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.