Last Updated: February 5, 12:20
Wednesday, February 5, 2025
ދުނިޔެ

ޓިބެޓް ސަރަހައްދަށް ބިންހެލުމެއް

ޗައިނާގެ ޓިބެޓް ސަރަހައްދަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިކްޓާ މިންގަނޑުން 7.1 ބާރު މިނުގައި އައޮ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކެއްގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ޓިބެޓްގެ ޓިގެސްޓޭ ސިޓީ އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 53 އަށް އަރާފައިވާ އިރު، ޒަހަމްވި މީހުންގެ އަދަދު 60 އަށް ވުރެ ގިނަ ކަމަށެވެ.

މި ބިންހެލުމުގެ އަސަރު އަވައްޓެރި އިންޑިއާ އާއި ނޭޕާލަށް ވެސް ކޮށްފައިވެ އެވެ.

ބިންހެލުމާ ގުޅިގެން އޭގެ އަސަރު ޓިބެޓްގައި ކުރި ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމާއި މި ވަގުތަޑް ބޭނުންވާ ޒަރޫރީ އެހޯތެރިކަން ޗައިނާގެ ވައިގެ އަސްކަރިއްޔާ އިން މިހާރު އަންނަނީ ކުރަމުންނެވެ. ބިންހެލުން އައި ސަރަހައްދުން ފެނާއި ކަރަންޓްގެ ހިދުމަތް ވެސް އޮތީ ކެނޑިފަ އެވެ.