ޝާހިދު ކަޕޫރާއި ޓްރިޕްތީ ދިމްރީ އެކީގައި ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
މުމްބާއީގައި އިއްޔެ ފިލްމުގެ ޝޫޓިން ފެށުމާ ދިމާކޮށް ފިލްމުގެ ޓީމުން ވަނީ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ނަމަވެސް ފިލްމުގެ ނަން ހިއްސާކޮށްފަ އެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ސާޖިދު ނަދުއަދުވާލާ ޕްރޮޑިއުސްކޮށް، ވިޝާލް ބަރަދްވާޖް ޑައިރެކްޓް ކުރާ ފިލްމުގެ ނަމަކީ "އަރުޖުން އުސްތާރާ" އެވެ.
ނަމަވެސް އެކަން މިހާތަނަށް ޓީމުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލްއާ އެކީ ޝާހިދު މަސައްކަތް ކުރާ 4 ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކަކީ 2017 ގެ "ރަންގޫން" އާއި 2014 "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" އެވެ.
ކާސްޓްގައި ރަންދީޕް ހޫޑާ އާއި ނާނާ ޕަޓޭކަރް ވެސް ހިމެނޭ އާ ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ޑިސެމްބަރު 5 ގަ އެވެ. ޝާހިދުގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މި މަހުގެ 31 ގައި ރިލީޒްކުރަން ނިންމާފައިވާ އެކްޝަން ތުރިލާ "ދޭވާ" އެވެ.