Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އާ ބޯޓްގެ ފުރަތަމަ ޝެޑިއުލް ދަތުރު 21 ގައި

ގައުމީ އެއާލައިން މޯލްޑިވިއަނަށް ގެނައި ފުރަތަމަ ވައިޑް-ބޮޑީ ބޯޑުގެ ފުތަމަ ދަތުރު މި މަހުގެ 21 ގައި ބާއްވަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޕީއެސްއެމްގައި ވިދާޅުވީ އެއާބަސް އޭ330ގެ 200 މަރުކާގެ ބޯޓްގެ ފުރަތމަ ޝެޑިއުލް ފްލައިޓްތައް މި މަހުގެ 21 ގައި ޗައިނާގެ ޗެންޑޫ އަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބޯޓުން ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ބާއްވަން ހަމަޖެހިފައެވެ. އެއީ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށެވެ.

މިއީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިންއަނގެ ހިދުމަތް ފުޅާކުރަން މި އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ވެސް ގެންނަން ހަމަޖެހިފައިވެ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ކުރާނެ އެވެ.

މީގެ ސަބަބުން އެ އެއާލައިނުން ރާއްޖެ އަށް އަހަރަކު 60،000 ފަސިންޖަރުން ގެނެވޭނެ ކަމަށް ބުނެފައިވެ އެވެ. އާ ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތް ދޭނެ އެވެ އެއީ އިކޮނޮމީ، ބިޒްނަސް އަދި ޕްރީމިއަމް ކްލާހުގަ އެވެ.