ރާއްޖޭގެ ކައުންސިލްތަކަށް ޚާއްސަކޮށްގެން ޓޫރިޒަމް ޕްރޮމޯޓްކުރަން ތައިލޭންޑްގައި ރޯޑް ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ރޯޑްޝޯ އިންތިޒާމު ކުރަނީ އެމްއައި އެޑްވަޓައިޒިންގެ ފަރާތުންނެވެ.
އެ ކުންފުނިން މީގެ އެންމެ މުހިއްމި އެއް މަގުސަދަކީ ރާއްޖޭގެ ތަފާތު މަންޒިލްތައް އިޝްތިހާރުކުރުން ކަމަށެވެ.
ރޯޑްޝޯ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23-25 އަށް ބެންކޮކްގެ ސެންޓްރަލް ވޯލްޑް ޝޯޕިން މޯލްގަ އެވެ. އެމްއައި އެޑްވަޓައިޒިން އިން ބުނީ އެ ޝޮޕިން މޯލަކީ ބެންކޮކްގެ އެންމެ މަޤްބޫލު އެއް ތަން ކަމަށާއި އެތަނަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ބަޔަކު ޒިޔާރަތްކުރާ ތަނެއް ކަމަށެވެ.
ރޯޑްޝޯގައި މައިގަނޑު ގޮތެއްގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރާނީ ގެސްޓްހައުސްތަކެވެ.
ރޯޑް ޝޯގައި މިހާރު ވެސް 13 ކައުންސިލަކުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި މާފުށި، މަތިވެރި، ދިއްފުށި، ފުލިދޫ، ހިއްމަފުށި، އަދި ހިންވަރު ހިމެނެއެވެ.
އެމްއައި އެޑްވަޓައިޒިން އިން ބުނީ ތައިލެންޑްގެ މީޑިއާތަކުގައި މި އިވެންޓް އިޝްތިހާރުކޮށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން މިކަމަށް އުފެއްދޭނެ ގޮތްތައް ބަލައި، އިންވެސްޓަރުންނާއި ކައުންސިލްތަކާއި ސީދާ ގުޅިގެން ކުރެވޭނެ ކަންކަން ފަހިކޮށް ދޭން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ލޯކަލް ޓޫރިޒަމްގެ ތެރެއިން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، މިހާރު ރާއްޖޭގެ ގެސްޓްހައުސްތަކުގެ ކެޕޭސިޓީ 929 ފެސިލިޓީއަކާ އެކު 15،621 އަށް އަރަ އެވެ.