Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

އެމްއެންޔޫގެ 'ފަހި ސުފުރާ' އަށް ހުޅުވާލައިފި

ގައުމީ ޔުނިވަސިޓީން "ފަހި ސުފުރާ" ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ކާބޯތަކެތީގެ މި އަހަރުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މި ފަހަރު މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 އާއި 14 ގަ އެވެ.

"ފަހި ސުފުރާ" އަކީ ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކައިލުމަށް އަމާޒުކޮށް ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ އެކި ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މައުޒަރެކެވެ.

މަޢުރަޒުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ.