އައްޑޫގެ އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ފޭދޫ ސަރަހައްދުގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފައިވާ، އެ އަލުން އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ބައެއް ކަނދުފަތިތައް ހަލާކުވެފައިވާތީ އެތަކެތި މަރާމާތުކޮށް އަލުން އެޅުމުގެ މަަސައްކަތް ފިޝަރީޒް މިނިސްޓްރީ އިން މިހާރު ގެންދަނީ ކުރަމުންނެވެ.
އޮއިވާލި ކަނދުފަތިތަކަކަކީ މަސްވެރިންނަށް މަސްއައިންތައް ހޯދުމަށް ފަަސޭހަކޮށް ދިނުމުގެ ގޮތުން އަޅާފައިވާ ކަނދުފަތިތަކެކެވެ. ނަމަވެސް މި ކަނދުފަތިތަކަށް ގެއްލުން ލިބޭގޮތަށް ބައެއް މަސްވެރިން އަމަލުކުރަމުން ގެންދާކަން ފިޝަރީޒް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫ އާއި ކައިރި ފަސް ސަރަހައްދެއްގައި އޮއިވާލި ކަނދުފަތި އަޅާފައިވާއިރު ދާދި ފަހުން ކަނޑައިގެން ގޮސްފައިވަނީ، ފޭދޫ އާއި ދިމާލުން ބޭރުގައި އަޅާފައިވާ ކަނދުފައްޗެކެވެ.