Last Updated: February 5, 20:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

'ޕުޝްޕާ 2' އަށް 20 މިނިޓް އިތުރު ކުރަނީ

މިދިޔަ މަހު ރިލީޒްކޮށް، އިންޑިއާގެ ބޮކްްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ، ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ 2: ދަ ރޫލް" އަށް 20 މިނިޓް އިތުރު ކުރަން ނިންމައިފި އެވެ.

މިކަން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިއުލާންކޮށް، ފިލްމުގެ ޓީމުން ބުނީ އަލަށް އިތުރުކުރާ 20 މިނިޓާ އެކީ ސިނަމާތަކުގައި ފިލްމުގެ ޝޯތައް ކުރިއަށް ދާނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. "ޕުޝްޕާ 2" އަށް 20 މިނިޓް އިތުރު ކުރަން ނިންމި އިރު، މި ފިލްމުގެ ދިގުމިން މިހާރު ވެސް ތިން ގަޑިއިރާއި ބަޔަށް ވުރެ ދިގެވެ.

އެގޮތުން ފިލްމުގެ ދިގުމިން 200 މިިނިޓަށް އަރަ އެވެ.

ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން އަންނަ "ޕުޝްޕާ 2" 2 އަކީ 2021 ގައި ގެނެސްދިން "ޕުޝްޕާ" ގެ ސީލްއެލް އެވެ. މި ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރީ ސުކްމާރެވެ.

މިދިޔަ މަހުގެ 5 ގައި ސިނަމާތަކަށް ގެނައި "ޕުޝްޕާ 2" އަށް މިހާތަނަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކު ޖުމްލަ އާމްދަނީ 1،800 ކްރޯޑް ރުޕީސް (210 މިލިއަން ޑޮލަރު) އަށް އަރަ އެވެ. ފިލްމު ހެދީ 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.