Last Updated: February 5, 12:20
Wednesday, February 5, 2025
ޚަބަރު

ފޭދޫގައި އިތުރު ފުޓްސަލް ދަނޑެއް އަޅަނީ

އައްޑޫގައި އިތުރު ފުޓްސަލް ދަނޑެއް އަޅަން ނިންމާފައިވާތީ އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވާނީ ބީލަމުގައި އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް މި މެއިލް އަށް finance@adducity.gov.mv ފޮނުވައިގެންނެވެ.

ރަޖިސްޓްރީވާން 300ރ. ގެ ފީއެެއް ދައްކަން ޖެހެ އެވެ.

މި ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

ކައުންސިލުން ބުނީ މި ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ.

ފޭދޫގައި އިތުރު ފުޓްސަލް ދަނޑެއް އަޅަން ނިންމި އިރު ކުރިން ވެސް އެ އަވަށުގައި ފުޓްސަލް ދަނޑެއް އަޅާފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ފުޓްސަލް ދަނޑު އެޅީ، ފޭދޫގެ ޓާފް ދަނޑު މިހާރު އޮތް ސަރަހައްދުގައި ހަދާފައިވާ ފްލެޓްތަކުގެ ކުރިމަތީގަ އެވެ.

އެ ދަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.