އިގުތިސާދީ މަސައްކަތްތަކަށް ހާއްސަކޮށްގެން އައްޑޫ ސިޓީގެ ދެ ސަރަހައްދަކުން ކުއްޔަށް ބިން ދޫކުރާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައިވާ ގޮތުން މި ފަހަރު ބިން ދޫކުރަން ނިންމާފައި ވަނީ ހިތަދޫ ސަރަހައްދީ ބަނދަރާ ދިމާލުން ހިއްކާފައިވާ ސަރަހައްދުގެ އިތުރުން މަރަދޫގައި ކުރިން ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ކުރި ސަރަހައްދުންނެވެ.
މި ދެ ސަރަހައްދުން 5،000 އާއި 10،000 އަކަފޫޓްގެ ބިން ދޫކުރަން ނިންމާފައިވާއިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ހުޅުވާލައިފަ އެވެެ.
މިކަމަށް އެދޭ ފޯމާއި މައުލޫމާތު ޝީޓެއް -/1500 ރުފިޔާއަށް ވިއްކަމުން އަންނައިރު ، ފޯމް ވިއްކާނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އިގުތިސާދީ މަަސައްކަތްތަކަށް ކުއްޔަށް ބިން ދޫކުރަން އިއުލާންކޮށްފައިވާއިރު ކައުންސިލުގެ ފަރާތުން ބިން ދޫކުރުމުގައި ބައެއް ކައުންސިލަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް އެބޭފުޅުންގެ ގާތްތިމާގެ މީހުންނަށް އިސްކަންދޭކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.