Last Updated: February 5, 20:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

ޔާޝްގެ އުފަން ދުވަހު 'ޓޮކްސިކް' ގެ ޓީޒާއެއް

މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ 39 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ފޭނުންނަށް އޭނަގެ އާ ފިލްމު "ޓޮކްސިކް" ގެ ޓީޒާްއެއް މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ މި އަހަރުގެ އެޕްރީލް 10 ގައި ސިނަމާތަކަށް ގެންނަންް ތާވަލުކޮށްފައިވާ ފިލްމެކެވެ.

"ޓޮކްސިކް" ގެ ޓީޒާ މިއަދު ދައްކައިލި ނަމަވެސް މީގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދިވެސް ކަށަވަރުވާ ވަރެއް ނުވެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީއީ އިންޑިއާގެ ދެކުނާއި ބޮލީވުޑްގެ މަސްހުނި ކާސްޓެއް ހިމެނޭނެ ފިލްމެކެވެ. އެގޮތުން ފިލްމުން ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ކިއާރާ އަދުވާނީ އާއި ތާރާ ސުތާރިއާ އާއި އަކްޝޭ އޮބެރޯއީގެ އިތުރުން ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަތަންތަރާ ހިމެނެ އެވެ.

ނަޔަންތަރާ އަކީ 2023 ގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޖަވާން" ގެ ބަތަލާ އެވެ.

"ކޭޖީއެފް" ގެ ދެ ފިލްމުން ބޮޑު މަޝްހޫރުކަމެއް ހޯދި ޔާޝްގެ "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ.