Last Updated: February 5, 09:27
Wednesday, February 5, 2025
މުނިފޫހިފިލުވުން

އަނަންޔާ ވެސް ފިލްމު ޕްރޮޑިއުސް ކުރަނީ

ފިލްމު ޕްރޮޑިއުސްކުރުމުގ ޝައުގުވެރިިކަން އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތަކެއް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.

ދެހާސް ނަވާރައިގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް 26 އަހަރުގެ ބަތަލާ "ފޯބްސް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި އާލިއާ ބަޓަކީ ވެސް މިހާރު ވަރަށް ކާމިޔާބު ޕްރޮޑިއުސަރުތަކެއް ކަމަށެވެ.

އެހެންވެ އެ ތަރިންގެ ފަރާތުން ހިތްވަރު ލިބިގަނެގެން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދަން ބޭނުންވާ ކަމަށް ބުންޏެވެ. އަނަންޔާ ބުނި ގޮތުގައި ފިލްމު ޕްރޮޑިއުސްކުރުމާ ގުޅޭ ގޮތުން ބައްޕަ ޗަންކީ ޕާންޑޭއާ ވެސް ވާހަކަތަކެއް ދެކެވިފައިވެ އެވެ.

"ބޭނުންވޭ ރަނގަޅު އުފެއްދުންތަކެއް ގެނެސްދޭން. ޕްރޮޑިއުސަރުންނަކީ ރަނގަޅު ކޮންޓެންޓްތަކެއް ގެނެސްދިނުމުގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަ ބައެއް،" އަނަންޔާ ބުންޏެވެ. "އެހެންވެ އަހަރެން ވެސް ބޭނުން ރަނގަޅު އުފެއްދުންތަކެއް ގެނެސްދޭން."

އަނަންޔާ އަކީ މިހާރު ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. އޭނަގެ އެންމެ ފަހުން ފެނިފައި މިދިޔަ އޮކްޓޯބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "ކޮންޓްރޯލް" އިންނެވެ. އަނަންޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝަންކަރާ" އާއި "ޗާންދު މޭރާ ދިލް" ހިމެނެ އެވެ.

މިދޔަ އަހަރު އޭނަ "ކޯލް މީ ބޭ" ކިޔާ ވެބް ސީރީޒަކުން ވެސް ފެނިފައިވެ އެވެ.