Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

ދަރިވަރުން ގްރޫމްކުރި ޓީޗަރު އަލުން ހައްޔަރުކޮށްފި

ދަރިވަރުންތަކެއްގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައި ގްރޫމްކުރި މައްސަލައިގައި ޒުވާން ފިރިހެން ޓީޗަރުން އަލުން ހައްޔަރުކޮށްފި އެވެ.

އުމުރުން 29 އަހަރުގެ އެ ޓީޗަރުން ފުލުހުން އަލުން ހައްޔަރުކުރީ ޓީޗަރު ޝަރުތުތަކެއް ކުރުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ތެރޭގައި އޭނަ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަލުން ހައްޔަރު ކުރުމަށް ހައިކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެންނެވެ.

ހައިކޯޓުން އިއްޔެ އެ އަމުރު ނެރުނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ޓީޗަރު، 7 ދުވަހަށް ބަންދުކޮށް އެ މުއްދަތުގެ ތެރޭގައި ދަށު ކޯޓުން އަލުން އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ ޓީޗަރު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

ގްރޫމްކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޓީޗަރު ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ޓީޗަރުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މިދިޔަ ނޮވެމްބަރު 25 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.