Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

މަޝްރޫއުތަކުގެ އަޕްޑޭޓްތައް ބަލާލެވޭނެ ގޮތެއް

އެމްޓީސީސީން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތާއި އެންމެ ފަހުގެ އަޕްޑޭޓް ފެންނަން ހުންނާނެ ޑޭޝްބޯޑެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ދަށުން ތައާރަފު ކުރި މި ޑޭޝްބޯޑު ފީޗާއާ އެކު އަތޮޅުތެރޭގައި އެމްޓީސީން ހިންގާ ޕްރޮޖެކްޓުތަކާއި ޕްރޮޖެކްޓުތައް ކުރިއަށް ގޮސްފައި ހުރި މިންވަރު އަދި ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކުގެ މައުލޫމާތު ވެސް ފެންނާނެ ކަމަށެވެ.

މި ޑޭޝްބޯޑަކީ ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ވަގުތަށް ޕްރޮޖެކްޓުތަކުގެ އަޕްޑޭޓު ބަލާލެވޭނެ މަގު އާންމުންނަށް ފަހިކޮށް ދިނުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީގެ އިސްނެންގެވުމަށް ތައާރަފް ކުރި ޑޭޝްބޯޑެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެންމެ ގިނައިން ހިންގާ އެއް ކުންފުންޏަކީ އެމްޓީސީސީއެވެ.