އައްޑޫ މީދޫ ބަނދަރު ފަޅުތެރެއިން ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ނަގައިފި އެވެ.
މޫދަށް އުކާލާފައިވާ ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ނަގާފައި ވަނީ އެ އަވަށުގެ މުނިސިޕަލް މުވައްޒަފުން ރަށް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން މޫދަށް އުލާލާފައި ހުރި ގިނަ އަދަދެއްފެ ޕްލާސްޓިކް ފުޅި އާއި އެ ނޫން ވެސް ކުނިބުނި ފަޅުތެރެއިން ނަގާފައިވެ އެވެ.
މީދު އަކީ އަބަދު ވެސް ރަށް ސާފުތާހިރުކަން ބޭއްވުމަށް ވަރަށް ބޮޑު އިސްކަމެއްދީ، އެ މަސައްކަތް ގަވައިދުން ކުރަމުން އަންނަ އަވަށެކެވެ. އެހެންވެ ރަށުގެ ބަނދަރުތެރެއަށް ކުނިބުނި އަޅައި ފަޅުތެރެ ހަޑިކުރުމަކީ މީދު ލިބޭ ވަރަށް ބޮޑު ދެރައަކަށް ވާނެ އެވެ. މިކަމުގެ ސަބަބުން އެ އަވަށަށް ޒިޔާރަތްކުރާ މީހުންނަށް ވެސް އެކަން ފާހަގަކުރެވޭނެ އެވެ.
މީދޫ އަވަށު އޮފީހުގެ ފޭސްބުކް ޕޭޖްގައި ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ބަނދަރުތެރެއަށް ވަދެފައި ވަނީ މޫސުމީ އޮއިވަރުގައި ކަމަށެވެ.
"މޫދަށް ކުނި އެޅުމަކީ މަސްވެރިކަމާއި، ފަތުރުވެރިކަމާއި ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަކަށްވާ އިރު، މޫދަށް ކުނި އެޅުމުގެ ބަދަލުގައި ޒިންމާދާރު ކަމާ އެކީ ކުނި ނައްތާލުން އިޚްތިޔާރު ކުރަމާ،" އެ ޕޯސްޓްގައި ބުންޏެވެ. " މޫދަށް ކުނި އެޅުމަކީ މަނާ ކަމެއް."