މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އަހަރީ ބައްދަލުވުން ރޭ ބާއްވައި އެ އެސޯސިއޭޝަން ރީބްރޭންޑް ކޮށްފިއެވެ.
މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ޖަލްސާގައި މަޓާޓޯގެ އާ ބޯޑު މެމްބަރުން އައްޔަންކޮށް ލޯގޯ ރީބްރޭންޑްކޮށްފައިވެ އެވެ. އެ ރަސްމިއްޔާތުގައި މަޓާޓޯގެ އާ ވެބްސައިޓް ވެސް ލޯންޗްކޮށްފައިވެ އެވެ.
ރޭގެ ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.
މަޓާޓޯގެ ރައީސް އަދި އެމްއެމްޕީއާރްސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރޭ ވިދާޅުވީ މިއަހަރަކީ މަޓާޓޯ އަށް ވަރަށް ހާއްސަ އަހަރެއް ކަމަށެވެ. އެގޮތުން މި އަހަރަކީ މަޓާޓޯ އަށް 18 އަހަރު ފުރޭ އަހަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރޭގެ ހަފުލާގައި ބޯޑު މެމްބަރުން އައްޔަންކުރުމުގެ އިތުރުން އެކި ގޮތްގޮތުން މަޓާޓޯ އަށް ޚިދުމަތްކޮށް ދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީފިލާ ވެސް ދިނެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ހާއްސަކޮށްގެން މަޓާޓޯ އުފެއްދީ 2006 ގަ އެވެ.