Last Updated: February 5, 16:59
Wednesday, February 5, 2025
ޚަބަރު

ޓީޓީގެ ބޮޑު މުބާރާތެއް ތޮއްޑޫގައި ބާއްވަނީ

ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް މާސްޓާސް މުބާރާތް އއ. ތޮއްޑޫގައި ބާއްވަން ނިންމައިފި އެވެ.

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީން އިންތިޒާމުކޮށްގެން ސްޕޯޓްސް މިނިސްޓްރީގެ އެހީއާ އެކު ބާއްވާ މުބާރާތް އޮންނާނީ އޮގަސްޓް 19-25 އަށެވެ.

މުބާރާތުގައި ހަ އުމުރުފުރައަކުން ދެ ޖިންސްގެ 120 މީހަކަށް ފުރުސަތު ދޭނެ އެވެ. ފުރުސަތު ދޭން ނިންމާފައި ވަނީ މުބާރާތުގައި ވާދަކުދަން އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ މީހުންނަށް އިސްކަންދޭ ގޮތަށެވެ. މީގެ އިތުރުން ސީނިއާ ނުވަތަ ތަޖުރިބާކާރު ކުޅުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ވެސް ހިމެނެ އެވެ.

މުބާރާތް ހާއްސަކޮށްފައިވާ އުމުރުފުރާތައް:

* 35-39 އަހަރާ ދެމެދު
* 40-49 އަހަރާ ދެމެދު
* 50-59 އަހަރާ ދެމެދު
* 60-64 އަހަރާ ދެމެދު
* 65-69 އަހަރާ ދެމެދު
* 70 އަހަރުން މަތި

މުބާރާތުގައި ކުރިއަށް ގެންދާނީ މެންސް ސިންގަލްސް، ވިމެންސް ސިންގަލްސް، މެންސް ޑަބަލްސް، ވިމެންސް ޑަބަލްސް، އަދި މިކްސް ޑަބަލްސް އެވެ.

މުބާރާތުގެ މެޗުތައް ކުޅޭނީ ތޮއްޑޫ ސްކޫލް ހޯލުގަ އެވެ.