ހެނދުނު ހެނދުނާ ކޮފީ ބޯ ނަމަ މިއީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށް ދޭން ބާރަކަށްވާ އާ ދިރާސާއެއްގައި ބުނެފި އެވެ،
މިދިޔަ ބުދަ ދުވަހު ޔޫރަޕިއަން ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ވަރަށް ގިނަ މީހުންނަކީ މިހާރު މުޅި ދުވަހު ވެސް ކޮފީއާ ވަރަށް ދޯޅު ބައެކެވެ. ނަމަވެސް ދުވަހުގެ އެހެން ވަގުތުތަކާ ހިލާފަށް ހެނދުނުގެ ކޮފީ އަކީ ސިއްހަތަށް ފައިދާ ކުރާ ކަމެެއް ކަމަށް ދިރާސާގައި ބުންޏެވެ.
އޭގައި ބުނެފައި ވަނީ ގަވައިދުން ކޮންމެ ދުވަހަކު ހެނދުނު ކޮފީ ބޯ ނަމަ ހިތުގެ ބަކިތަކުގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށެޗެ. ނަމަވެސް އެ ނަތީޖާ ހަމައެކަނި ކޮފީ ބޯ ވަގުތާ ގުޅިފައި އޮތްތޯ ބަލަން ޖެހޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ މިކަމާ ގުޅޭ އިތުރު ހޯދުންތަކެއް ހޯދަން ވަނީ ނިންމައިފަ އެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ޓިއުލޭން ޔުނިވަސިޓީ އޮބިސިޓީ ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޑރ. ލޫ ކީ ވިދާޅުވީ ދިރާސާ އިން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ހެނދުނު ހެނދުނާ ބޯ ކޮފީގެ ސަބަބުން މީހާގެ ހިއްސުތައް ހޭލައްވާއި މުޅި ދުވަހު ހަރަކާތްތެރިކޮށް އުޅެން ވެސް ބާރަކަށްވާ ކަން ކަމަށެވެ. އަދި ހެނދުނު ކޮފީން އިންފްލަމޭޝަނާއި ލޭމަތިވުން ފަދަ ކަންކަމުން ރައްކާތެރިކޮށް ދޭން މަގުފަހިވެ އެވެ. އޭގެ ނަތީޖާ އަކީ ހިތުގެ ބަލިތަކަށް މީހާ ވެއްޓުމުގެ ފުރުސަތު ކުޑަކޮށް ދިނުމެވެ.
"އެކަމަކު ދުވަހުގެ އެހެންގަޑިތަކުގައި ކޮފީ ބޯކަމަށް ވަންޏާ އިންސާނާގެ ބޮޑީ ކްލޮކަށް ފުށުއެރުންތަކަށް ކުރިމަތިވޭ." އޭނަ ވިދާޅުވި އެވެ.