Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

ދައުރުން ބޭރުން މަޖިލީހުގެ 2 ޖަލްސާއެއް

މިހާރު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އެ ދެ ޖަލްސާ އޮންނާނީ މި މަހުގެ 16 އާއި 20 ގައި ކަމަށެވެ.

ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން ނިންމީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށާއި އިތުރު އެހެން ބައެއް މަސައްކަތްތައް ނިންމުމަށް ކަމަށް ފަލާހު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމުގެ މަސައްކަތް މަޖިލީހުގެ ދައުރު ނިމުނުއިރު އޮތީ ނުނިމި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ތިން ދައުރު ނިންމާލައި ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 12 ގަ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ދައުރު ފެށޭނީ އަންނަ މަހުގެ 1 ގަ އެވެ.