Last Updated: February 5, 11:46
Wednesday, February 5, 2025
މުނިފޫހިފިލުވުން

ޝްރަދާ އާއި އަދިތިޔާ 3 ވަނަ ފިލްމަކަށް

އެކީގައި ކާމިޔާބު ދެ ފިލްމެއް ކުޅެފައިވާ ޝްރަދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރްގެ ޖޯޑު އަނެއްކާ ވެސް ފިލްމަކަށް އަންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެ ދެ ތަރިން އެކީގައި ކުޅެން ހަމަޖެހިފައިވާ ތިން ވަނަ ފިލްމަކީ، އެކީގައި ކުޅުނު ފުރަތަމަ ފިލްމު 2013 ގެ "އާޝިގީ 2" ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމެއް ކަމަށެވެ. އަދި މިއީ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް މިއާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މޯހިތިިގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އޭކް ވިލަން ރިޓާންސް" އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަ މިހާރު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ފިލްމެއް ހަދަމުންނެވެ. އެ ފިލްމަކީ ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އަހާން ޕާންޑޭ ބޮލީވުޑަށް ނެރެން ހަމަޖެހިފައިވާ ފިލްމު ކަމަށް ވެސް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.

މި ފިލްމަށް ފަހު މޯހިތު ހަދަން ނިންމާފައިވާ ފިލްމުގެ ކާސްޓުންނަކީ ޝްރަދާ އާއި އަދިތިޔާ ކަމަށް ވާހަކަ ދެކެވެމުން އަންނަ އިރު، ކުރިން ލޯބީގެ ގުޅުމެއް ވެސް ބޭއްވި ކަމަށް އަޑުއެރި ދެ ތަރިން އެކީގައި ކުޅުނު ދެވަނަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2017 ގެ "އޯކޭ ޖާނޫ" އެވެ.