Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

ހަފްތާ ބަންދުގައި ހުރިހާ ހިސާބަކަށް މޫސުން ގޯސް

ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ހަފްތާގައި ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާއެކު ވިއްސާރާނެ ކަމަށް ލަފާކޮށްފަ އެވެ.

ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، މެޓް އޮފީހުން މިއަދު ވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވުމުން ހުވަދު އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.

އަދި މިދިޔަ ހަފުތާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން 2.2 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ.