ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ގެއިން ވައްކަންކޮށްފި އެވެ.
މުމްބާއީގެ ޚާރްގައި ހުންނަ އޭނަ ގެއިން ކުރި ވައްކަމުގައި 100،000 ރުޕީސްގެ ގަހަނާ އާއި 35،000 ރުޕީސްގެ އިތުރުން 500 ޑޮލަރު ވަގަށް ނަގާފައިވެ އެވެ.
ރާއްޖޭގައި މަންޒަރުތަކެއް ނެގި ސަނީ ޑިއޯލްގެ 1986 ގެ ފިލްމު "ސަމަންދަރު" ގެ ބަތަލާ ޕޫނަމް، 62، ބުނި ގޮތުގައި އޭނަ ގެއިން ވައްކަންކުރީ އާ އަހަރާ ދިމާކޮށް ގެ މަރާމާތުކޮށް ކުލަ ބަޔަކާ ހަވާލުކޮށްގެން އުޅުނު ދަނޑިވަޅުގެ ތެރޭގަ އެވެ. އަދި ވައްކަންކޮށްފައިވާކަން އެނގުނީ މަސައްކަތްތައް ނިންމައިލި ފަހުން ބައެއް ފަހުން ކަމަށް ވެސް ބުންޏެވެ.
ހިންދުސްތާން ޓައިމްސް އަށް ޕޫނަމް ބުނީ މި ވައްކަން ހިނގާފައި ވަނީ ގޭގެ މަސައްކަތްކުރާ މީހެއްގެ ބައިވެރިވުން ވެސް އޮވެގެން ކަމަށާއި ވައްކަން ކުރީ ގޭގެ ރިނޮވޭޝަން ކުރިއަށް ދިޔަ ދަނޑުވަޅުގައި އެކަމަށް މީހަކު ގެއަށް ވައްދައިގެން ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ފުލުހުންނާ ރިޕޯޓްކުރުމާ ގުޅިގެން މި މަހުގެ 6 ގައި ވަނީ ވައްކަމުގެ ތުހުމަތުގައި ސަމީރު އަންސާރީ ކިޔާ 37 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ އިރު، ފުލުހުންނަށް ސަމީރު ދިން ބަޔާނުގަި ބުނީ ވައްކަން ކުރީ އާ އަހަރު ފާހަގަކުރަން ރައްޓެހިންނަށް ޕާޓީއެއް ބާއްވަން ފައިސާ ބޭނުންވެގެން ކަމަށެވެ.