އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓްގައި ޒަޚަމްވި އެކެއްގެ ބޮލަށް އަނިޔާވެފައިވާއިރު، އެމީހާއަށް މިހާރު ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.