Last Updated: February 5, 09:02
Wednesday, February 5, 2025
ޚަބަރު

އައްޑޫ އިންޓަ-އޮފީސް ވޮލީ: 10 އޮފީހަކުން ވާދަކުރާނެ

އަންނަ މަހު އައްޑޫގެ އޮފީސްތަކުގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި 10 އޮފީހަކުން 13 ޓީމު ވާދަކުރާނެ ކަމަށް އެ މުބާރާތް އިންތިޒާމުކުރާ އެސޯސިއޭޝަން ފޯ އައްޑޫ ވޮލީން ބުނެފި އެވެ.

"އައްޑޫ އިންޓަ-އޮފީސް ވޮލީ ޓޯނަމަންޓް 2025" ގައި ބައިވެރިވާ އޮފީސްތަކީ އައްޑޫ ސިޓީ ކައުންސިލް، ޕޮލިސް، ވެމްކޯ، އެމްޓީސީސީ، ފެނަކަ، އެސްޓީއޯ، ފޭދޫ ސްކޫލް، ވެމްކޯ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެވެ.

މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން އަދި އަންހެން ޑިވިޝަން އެކުލެވޭ ގޮތަށެވެ. އެގޮތުން ފިރިހެން ޑިވިޝަންގައި 8 ޓީމު ވާދަކުރާ އިރު، އަންހެން ޑިވިޝަންގައި ވާދަކުރާނީ ފަސް ޓީމެވެ.

މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 1-15 އަށެވެ. ފޭދޫ ވޮލީ ކޯޓްގައި މެޗްތައް ކުޅެން ހަމަޖެހިފައިވާ މުބާރާތުގައި ޖުމްލަ 29 މެޗް ކުޅެން ހަމަޖެހިފައިވާ، ކުޅުންތެރިންގެ އަދަދު 234 އަށް އަރަ އެވެ.