ލަގެޖްތަކެއްގެ އަތްގަނޑު ދަށަށް ލައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ފުވައްމުލަކަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ. ސްތުވާތަކެތި ފެނުނީ އެ މީހާ ގެނައި ދެ ލަގެޖުގެ އަތްގަނޑު ދަށަށްވާ ގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިން ކަމަށް އަމުރުގައިވެ އެވެ.
ފުލުހުން ބުނީ އެ ތަކެތި ތަހުލީލު ކުރިއިރު، ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ބަރުދަން 109 ގްރާމަށް އަރާ ކަމަށެވެ.
އެ މީހާ އަކީ ކުރިން ވެސް މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި އޭނަގެ އަތުން މި ފަހަރު މަސްތުވާތަކެތި ފެނުނު މައްސަލައިގައި ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.