Last Updated: February 5, 17:36
Wednesday, February 5, 2025
ޚަބަރު

ހުޅުމާލޭގެ ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ދެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފޮޓޯތަކަކާ އެކީ ވިދާޅުވީ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ ހައި-ވޯލްޓޭޖް (އެޗްވީ) ޓްރާންސްފޯމަރު ބަހައްޓާފައިވާ ތަނުގެ ގޭޓާއި އެތަނުގައި ހުރި ތަޅުގެ އިތުރުގެ އެޗްވީ ސިސްޓަމަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ޓްރާންސްފޯމަރުތަކަށް ދީފައިވާ ގެއްލުމަށް ބެލުމުން އެ ޢަމަލު ހިންގާފައިވަ ނީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކަރަންޓުގައި ޖެހި ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ފަހުމީ ފާހަގަކުރެއްވި އެވެ.

އެގޮތުން މިދިޔަ އަހަރު ވެސް ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވިކަން ފަހުމީ ފާހަގަކުރެއްވި އެވެ. ނިޔާވެފައިވާކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

ރޭގެ ވަގުތެއްގައި ދެ ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފަ އެވެ.