Last Updated: February 5, 14:23
Wednesday, February 5, 2025
ޚަބަރު

ކުޑަހުވަދޫގެ ހުރިހާ ވިޔަފާރިތަކާ ގުޅޭ ސާވޭއެއް

ދ. ކުޑަހުވަދޫގައި ހިންގަމުން އަންނަ ހުރިހާ ވިޔަފާރިއަކާ ގުޅޭ ސާވޭއެއް ހަދަން ނިންމައިފި އެވެ.

ކައުންސިކުން ބުނީ މި ސާވޭ ކުރިއަށް ދާނީ މި މަހުގެ 16-23 އަށް ކަމަށެވެ.

މި ސާވޭގެ ދަށުން ރަށުގައި ހިންގަމުން އަންނަ ހުރިހާ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކާއި ވޯކްޝޮޕްތަކާއި ގެސްޓްހައުސްތަކާއި ވަޑާންގެތަކާއި ސެލޫން ފަދަ ތަންތަން ބަލައި އެތަންތަނާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް އެއްކުރާނެ އެވެ.

ކައުންސިލުން ބުނީ މި ސާވޭގައި "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު" ގައި ހިމެނޭ ކަންކަމާއި، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލާޒިމްކޮއްފައިވާ ކަންކަން ބަލައި އިސްލާޙު ކުރަން ޖެހޭ ކަމެއް ހުރި ނަމަ، އެކަމެއް އިސްލާޙު ކުރަން އަންގާނެ ކަމަށެވެ.

ކުޑަހުވަދު އަކީ ދ. އަތޮޅުގެ އެންމެ ފާހަގަކޮށްލެވޭ ރަށެވެ. ދ. އަތޮޅު އެއާޕޯޓް ވެސް އޮންނަނީ އެ ރަށުގަ އެވެ. ބާރަށް ކުރިއަރަމުން އަންނަ ކުޑަހުވަދު އަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ 7 ރަށުގެ ތެރެއިން އެއް ރަށެވެ.