ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރްސީގެ މި އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އއ. އުކުޅަހުގައި ބާއްވައިފި އެވެ.
ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ އެެއް ރަށް ކަމަށްވާ އުކުޅަގައި ބައްދަލުވުން ބޭއްވީ އެ ރަށު ކޮންވެންޝަން ސެންޓަރުގަ އެވެ.
އެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ޗެއާމަން އަބްދުﷲ އިޔާސް ރިޔާޒާއި ބޯޑު ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުގައި ތެރެއިން އެމްއެމްޕީއާރްސީގެ ޓީމުން ވަނީ އުކުޅަހު ކައުންސިލާއި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އެމްއެމްޕީއާރްސީން ބުނީ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އުކުޅަހުގައި ބޭއްވީ ލޯކަލް ޓުއަރިޒަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭކަން ހާމަކޮ ށްދިނުމާއި، ކުންފުނި އޮތީ ގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކާ ވެސް އެކީގައި ހާމަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.